ރެކޯޑް ސްކޯއަކާ އެކު އަފްރޯ ތިންވަނަ ފަހަރަށް ތަށި އުފުލާލައިފި

އޭދަފުށި ޓައިމްސްކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް 2026 ގެ ފައިނަލްގައި 11-5 އިން އެއިޓީފޯ އެފްސީ ބަލިކޮށް އަފްރޯ ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިދި އެވެ.

މިއީ އަފްރޯ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުން ބަލިވި އަފްރޯ ވަނީ 2023 އަދި 2024 ގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މުބާރާތުގެ ފައިނަލަށް މުޅިން އަލަށް ދަތުރު ކުރި އެއިޓީފޯ ކޮޅަށް، ރޭގެ ފައިނަލް މެޗުގައި އަފްރޯގެ ގޯލުތައް ޖަހައިދިނީ ހަމްދާން އަބްދުއްސައްތާރާއި މުހައްމަދު ފާސިރު (ފާއްޓޭ) އަދި އުނެއިސް ޒުބެއިރުގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ސައްޓު އާއި ރާއްކޮ ދެ ގޯލު ޖެހި އިރު އުނެއިސް އާއި ފާއްޓޭ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

އެއިޓީފޯގެ ލަނޑުތައް ޖަހައިދިނީ ހުސެއިން ޝިހުބާން (ބައްޓޭ) އާއި މުހައްމަދު ހައްސާން އަހުމަދެވެ. ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އިރު އަނެއް ގޯލަކީ އަފްރޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މުބާރާތުގެ ކިންގަކަށް ގޮވުނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ފާއްޓޭ އެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް ވެލާ ސްޕޯޓްސްގެ މުހައްމަދު އަޒްދާން ޝާކިރު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ އަފްރޯގެ މުހައްމަދު ފުހެއިދު (ޓޯޑް) އެވެ.

މި އަހަރުގެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އެއިޓީފޯގެ ޝުއުބާން އަބްދުއްރަޝީދެވެ. އޭނާގެ އިތުރުން ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފާއްޓޭ އާއި ސައްޓުގެ އިތުރުން އެއިޓީފީގެ ހައްސާނާއި މުހައްމަދު އަޖުފާން އަދި ކޭބަލް ބްރަދާސްގެ ހުސެއިން ސުހެއިލް (ސޮކޭ) އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...