މަސްތުުވާތަކެތީގެ އޮޕަރޭޝަންގައި މާޅޮހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާޅޮހުގައި ހިންގި މަސްތުުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުން ބުނިގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބ. މާޅޮސް / ބަހާރުގެ، ޢިނާޝް ވަޙީދު (37އ) އެވެ.މާޅޮހު
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ހަފްތާ އޭދަފުށިންވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...