އާދިއްތަ، ހޯމަ ދުވަހު ވެސް ސަރުކާރު ބަންދު

އޭދަފުށި ޓައިމްސްޚަބަރު

ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ކަނޑައަޅުއްވައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ކުރިއަށްދާތީއެވެ. މި އިންތިހާބުގެ އެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އިންތިހާބާ ގުޅޭ މަސައްކަތްތައް ނިންމުމަށްޓަކައި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވެސް ވަނީ އެދިފައެވެ. އަދި އިންތިހާބަށްފަހު ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ހުރުމާއެކު، އަންނަ ހޯމަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.

އެހެންކަމުން، އިންތިހާބުގެ މަސައްކަތްތަކަށް ލުޔެއް ދިނުމަށާއި އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން، އޭޕްރީލް 5 އަދި 6 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...