ވޯޓުލާ ވަގުތު ހަވީރު 5:00އާ ހަމައަށް އިތުރުކޮށްފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ ވަގުތު މިއަދު ހަވީރު 5:00އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ކުރިން އީސީން ނިންމާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން ހަވީރު 4:00 ގައި ނިންމާލުމަށެވެ. އަދި ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ ވޯޓުލުމަށް އިތުރު ވަގުތު ނުދޭނެ ކަމަށެވެ.
ކުރިން އީސީން ނިންމާފައި އޮތީ ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ މި ވޯޓުލުން ހަވީރު 4:00 ގައި ނިންމާލުމަށެވެ. އަދި ކުރިން އެ ކޮމިޝަނުން ބުނެފައިވަނީ ވޯޓުލުމަށް އިތުރު ވަގުތު ނުދޭނެ ކަމަށެވެ.
ނަމަވެސް، އީސީން މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހޫނުގަދަވުމުގެ ސަބަބުންނާއި ވޯޓުލާ މަރުކަޒުތަކުގެ ކިއު ދިގުވެ ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރުކުރަން ނިންމީ ކަމަށެވެ.
އިންތިހާބުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެންދުރު 2:00 ޖެހުމާ ހަމައަށް 131,947 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 44 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 68,175 ފިރިހެނުންނާއި 63,175 އަންހެނުންނެވެ.
މިއަދު ކުރިއަށްދާ މި އިންތިހާބަކީ ކައުންސިލްތަކުގެ އިތުރުން ހިޔާލު ހޯދުމުގެ ވޯޓެއްވެސް ހިމެނޭހެން ކުރިއަށްދާ މުހިންމު އިންތިހާބެކެވެ. ވޯޓުލާ ވަގުތު އިތުރުކުރުމާ ގުޅިގެން ވޯޓު ފޮށިތައް ބަންދުކުރާނީ ހަވީރު 5:00 ގައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...