ދެ އިންތިހާބު އެއްކުރަން ރައްޔިތުން ބުނީ ނޫނެކޭ

އޭދަފުށި ޓައިމްސްޚަބަރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުން، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފިއެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. މި ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ ބައިވެރިވި މީހުންގެ 30 އިންސައްތަ އެވެ.

މީގެ އިތުރުން، މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ވެސް މިހާރު އަންނަނީ އިއުލާން ކުރަމުންނެވެ. މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ގިނަ ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑިތަކުން ކުރި ހޯދަމުންދަނީ އިދިކޮޅު އެމްޑީޕީންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...