ބ. އަތޮޅު ހޮސްޕިޓަލަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް އައްޔަންކޮށްފި

Eydhafushi Timesޚަބަރު
ހައްރާފު ސިދުގީ މިއަދު ވަޒީފާއަށް ނުކުންނެވުމުން މަރުހަބާ ދަންނަވަނީ

ބ. އަތޮޅު ހޮސްޕިޓަލުގެ ދެވަނަ ޕޮލިޓިކަލް ޑިރެކްޓަރަކަށް، އޭދަފުށި މަގުމާ، ހައްރާފު ސިދުގީ އައްޔަންކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ހޮސްޕިޓަލުގެ އާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ހައްރާފު ސިދުގީ ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ، އެ ހޮސްޕިޓަލުގައި މި ވަގުތު ހުންނެވި ދެވަނަ ޕޮލިޓިކަލް ޑިރެކްޓަރެވެ. އެ މަގާމުގައި ދެން ހުންނަވަނީ އޭދަފުށީ މަތިހާ، މުހައްމަދު ނަސީރު އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަން ކުރިއިރު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިރަށުގެ އެހެން ކުންފުނިތަކުގެ މަގާމުތަކަށް މީހުން އައްޔަންކޮށް ގިނަ ބަޔަކަށް ވަޒީފާތައް ދީފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...