އެޕަލް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ޚިދުމަތް ދިން ފުރަތަމަ ކުންފުންޏަކަށް އުރީދޫ

ޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ-ސިމްގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ.
މި އީޖާދީ ޚިދުމަތާއެކު، ކަސްޓަމަރުންނަށް ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި، ސީދާ ސްމާޓްވޮޗް މެދުވެރިކޮށް ދުނިޔެއާ ގުޅިފައި ހުރުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ.
މި ޚިދުމަތުގެ ސަބަބުން އެޕަލް އަދި ސެމްސަންގް ގަޑި މެދުވެރިކޮށް ފަސޭހަކަމާއެކު ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމުގެ އިތުރުން ނޮޓިފިކޭޝަންތައް ލިބުމާއި އެކި އެޕްތައް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއީ ކަސްރަތު ކުރާއިރު ނުވަތަ ބޭރުތެރޭގައި ހަރަކާތްތެރިވާއިރު ފޯނު ހިފައިގެން އުޅުމުގެ ބަދަލުގައި ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ޑިޖިޓަލް މޯލްޑިވްސްއަކަށް އުރީދޫގެ އަމާޒު
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އީޖާދީ ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ-ސިމްގެ ޚިދުމަތް ތައާރަފުކުރުމަކީ، ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް އެކަށޭނެ އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް މޮޑެލްތަކަށް ލިބޭނެއެވެ. މިއާއެކު، ކަސްޓަމަރުންނަށް ދަތުރުމަތީގައި ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދުވަހުގެ މަސައްކަތްތަކުގައި އިތުރު ފަސޭހަކަމާއި މިނިވަންކަން ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި، އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާއެކު ކުރި ހޯދަމުންނެވެ. ވޭރަބަލް އީ-ސިމްގެ ޚިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ ސަފުގައި އެ ކުންފުނި އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.
މި ޚިދުމަތް އެކްޓިވޭޓް ކުރުމަށް އެޕަލް ވޮޗް ގެންގުޅުއްވާ ފަރާތްތަކުން ore.do/applewatch އަށް އަދި ސެމްސަންގް ގެލެކްސީ ވޮޗް ގެންގުޅުއްވާ ފަރާތްތަކުން ore.do/samsung-watch އަށް ޒިޔާރަތްކޮށްލުމަށް އުރީދޫން އެދެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
