ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރެވޭނީ އާއިލާތައް ބަދަހިކޮށްގެން: ރައީސް

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމުގެ މަސައްކަތް ފަށަންޖެހެނީ ބަދަހި އަދި ހަރުދަނާ އާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އާއިލާއެއްގެ ފެށުމަކީ މައިންބަފައިން ކަމަށްވާއިރު، އިސްލާމްދީނުގައި އާއިލާއަށް ދީފައިވާ ގަދަރާއި އަހަންމިއްޔަތު ވަރަށް ބޮޑު ކަމަށެވެ.
ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން. މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި… pic.twitter.com/7nkjwPEbSa
— Dr Mohamed Muizzu (@MMuizzu) May 15, 2026
އެގޮތުން، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމާއި ކިޔަމަންގަތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
“އާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކަށްމެ އާއިލީ ލޯތްބާއި އަޅާލުމާއެކު ބާއްޖަވެރި ހަޔާތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބައިނަލްއަޤުވާމީ ގޮތުން ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ އާއިލާތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
