ރެޑްބުލް ފޯ 2 ސްކޯގެ ފައިނަލް ބުރަށް އޭދަފުށީގެ ޔުނައިޓެޑް ވީ ކޮލިފައިވެއްޖެ

އޭދަފުށި ޓައިމްސްޚަބަރު

ރެެޑްބުލް އިން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުރިއަށްގެންދާ ރެޑްބުލް ފޯ 2 ސްކޯގެ ފައިނަލް ބުރަށް އޭދަފުށީގެ ޔުނައިޓެޑް ވީ ހޮވިއްޖެ އެވެ.

Advertisement

ޔުނައިޓެޑް ވީ ފައިނަލް ބުރަށް ކޮލިފައިވީ މާލޭގައި ކުރިއަށްދާ ކޮލިފައިން ބުރުން ކުރި ހޯދައިގެންނެވެ. ރާއްޖޭގައި ކޮލިފައިން ބުރު ކުރިއަށްދަނީ އޭޕްރީލް 24 އިން މެއި 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާލޭން ފައިނަލް ބުރަށް ހޮވުނީ ކޮންމެ ރެއަކު ކުޅޭ މެޗުތަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކެވެ. ޔުނައިޓެޑް ވީ އިން ވަނީ ހަތަރު ވަނަ މެޗްޑޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ހަތަރު ކުޅުންތެރިން އަރައިގެން ކުޅޭ ރެޑްބުލް މުބާރާތުގެ ފައިނަލް ބުރު އޮންނާނީ މާދަމާ ރެ އެވެ. ފައިނަލް ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ރެޑްބުލް އިންޓަނޭޝަނަލް މުބާރާތުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރު އޮންނާނީ ކެނެޑާގަ އެވެ. ކެނެޑާގައި ކުޅޭ މުބާރާތުގައި 25 ގައުމަކުން ވާދަކުރާނެ އެވެ.

މިފަހަރުގެ ކޮލިފައިން ބުރުތައް ކުރިއަށްދިޔައީ މާލޭގެ އިތުރުން ބ. ގޮއިދޫ އާއި ކ. މާފުށީގެ އިތުރުން ކ. ގާފަރު އަދި ކ. ހިންމަފުށީގައެވެ.

ރާއްޖޭން 12 ޓީމު ވާދަކުރާ ފައިނަލް ބުރުގެ ކުޅުން އޮންނާނީ މާދަމާ ހުޅުމާލެ ޔޫތު ޕާކުގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...