އޭދަފުށީ މުރަކަ އަލީ މޫސާ ނިޔާވެއްޖެ

މައުލޫމާތު

ބ. އޭދަފުށީ “މުރަކަ” އަލީ މޫސާ މިރޭ އިރާކޮޅު ނިޔާވެއްޖެ އެވެ.

އަލީ މޫސާ ނިޔާވީ މުސްކުޅި ބަލީގައި ވަރަށް ގިނަ ދުވަސްތަކެއް ވޭތުކުރުމަށްފަހު މިރޭ 6:15 ހާއިރު އޭދަފުށީގަ އެވެ.

އަލީ މޫސާ އަކީ އޭދަފުށިގައި ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ވަރަށް ހީވާގިކަމާއެކު ކޮށްއުޅުނު މީހެކެވެ. އޭނާ އެ މަސައްކަތް ހުއްޓަލީ އުމުރުން ދުވަސްވެ ބަލިވުމާ ގުޅިގެންނެވެ.

އަލީ މޫސާ ނިޔާވިއިރު، އޭނާއަށް ބައްޕަ ކިޔާ ތިން ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ދުނިޔޭގައި އެބަ ތިއްބެވެ.

މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.

އަލްމަރުޙޫމު އަލީ މޫސާގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާސްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...