އޭދަފުށީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި

ބ. އޭދަފުށީ ކައުންސިލުގެ ފަސްވަނަ ދައުރަށް އިންތިޚާބުވި މެންބަރުންނާއި ރައީސް، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފިއެވެ.
އޭދަފުށީ މަލްޓިޕާޕަސް ހޯލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒާ މަރްޔަމް އިފްހާމް ނާޝީދު އެވެ.
މި އާ ދައުރުގައި ކައުންސިލްގެ ރައީސްގެ ގޮތުގައި ހުވާކުރެއްވީ ޝާމީ އިބްރާހީމް އެވެ. ޝާމީގެ އިތުރުން ކައުންސިލް މެންބަރުންގެ ގޮތުގައި ހުވާކުރެއްވީ އަލީ ޝަފީގު، އަބްދުﷲ ރަޝީދު، ޒީމާ އިބްރާހީމް އަދި ނާޒްނީނާ ޔޫސުފެވެ. މި ފަސް މެންބަރުންގެ ތެރެއިން ރައީސް ހިމެނޭހެން ދެ ބޭފުޅުންނަކީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުންނެވެ.
ކައުންސިލަރުން ހުވާކުރުމުގެ މި ރަސްމިއްޔާތުގެ ތެރެއިން، އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އާ މެންބަރުން ވެސް ވަނީ މަގާމުގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމާ ހަވާލުވެވަޑައިގަތީ ރީތާ އަބްދުއްރައްޒާގެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
