މިފަހަރުވެސް އޭދަފުށީ ކައުންސިލުގެ ނައިބަކަށް އަލީ ޝަފީގު

ބ. އޭދަފުށީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް، ކުރީ ދައުރުގައިވެސް އެ މަގާމު ފުރުއްވި އޭދަފުށީ އާސަމް، އަލީ ޝަފީގު މިއަދު އިންތިޚާބުކޮށްފިއެވެ.
އަލީ ޝަފީގު މި މަގާމަށް އިންތިޚާބު ކުރީ މިއަދު ބޭއްވި އޭދަފުށީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީވެސް ހަމައެކަނި އޭނާއެވެ.
އޭދަފުށީ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު 9:00 ގައި އެ ރަށު މަލްޓިޕާޕަސް ހޯލުގައެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ފުރަތަމަ ޖަލްސާގައި ކައުންސިލްގެ ހިންގުން ވަނީ ރަސްމީކޮށް ފަށާފައެވެ.

ކައުންސިލްގެ އިތުރުން، އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބް ރައީސް ވެސް އިންތިޚާބުކޮށްފައެވެ. އެ ކޮމިޓީގެ ރައީސަކަށް އިންތިހާބުކުރީ ޝަމްލާ އަބްދުﷲ އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވި އައިޝަތު ރީތާ އަބްދުއްރައްޒާގު އާއި ޝަމްލާ އަބްދުﷲގެ އިތުރުން އެ ކޮމެޓިގައި ދެން ތިއްބަވަނީ ޝާޒްލީން މުހައްމަދު، ޖިނާން އިބްރާހީމް އަދި ހައްވާ ސަމީހާ އެވެ.
ރައީސާއެކު އޭދަފުށީ ކައުންސިލް އެކުލެވިގެންވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ. މިއަދު ހުވާކުރެއްވި މެންބަރުންނާއެކު ކައުންސިލްގެ އައު ދައުރުގެ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
