150 ބައިވެރިންނާއެކު ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ފަށައިފި

ރިވައިވަލް ސްޕޯޓްސް އެންޑް ރިވައިވަލް ސްޕޯޓްސް އޭދަފުށިން އިންތިޒާމުކޮށްގެން ބާއްވާ 3 ވަނަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފިއެވެ.
މި މުބާރާތަކީ މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ރިވައިވަލް ސްޕޯޓްސް އިން ސިލްސިލާ ގޮތެއްގައި އޭދަފުށީގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި 150 ކުޅުންތެރިން ބައިވެރިވެފައިވާއިރު ޖުމްލަ 191 މެޗު ކުޅުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
މި މަހުގެ 22 އިން 25 ގެ ނިޔަލަށް އޭދަފުށި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 22 އިވެންޓެއް ހިމެނެއެވެ.

މުބާރާތުގައި ކުޅުންތެރިން ވާދަކުރަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުންނެވެ. މީގެ ތެރޭގައި ސިންގަލްސް އަދި ޑަބްލްސް އިވެންޓްތައް ހިމެނެއެވެ.
މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދޭ މި މުބާރާތުގައި ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް މެޗުތައް ކުޅޭނެ އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ މި މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބްގެ އެކަޑަމީ އާއި ރިވައިވަލް އޭދަފުށި އެކަޑަމީގެ ކުޅުންތެރިންގެ އިތުރުން، އައްޑޫ ސިޓީ އަށް ނިސްބަތްވާ ކުޅުންތެރިންނާއި ނެޝަނަލް ޖޫނިއާ ޕޫލުގައި ހިމެނޭ ކުޅުންތެރިން ވާދަކުރެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
