ކިންގްސް ކަޕްގައި އެއިޓީފޯ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

އޭދަފުށި ޓައިމްސްކުޅިވަރު
އޭދަފުށީގެ ޕަބް ރޭގެ މެޗުގައި ބޯޅަ ހިފައިގެން، ޕަބް ވަނީ ހެޓްރިކް ހަދާފައި

ހުޅުމާލޭގައި ރޭ ފެށި ކިންގްސް ކަޕްގައި އޭދަފުށި ތަމްސީލުކުރާ އެއިޓީފޯ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

Advertisement

ރޭ އެއިޓީފޯ މޮޅުވީ އެޗްޕީއެސްއެންއާ ވާދަކޮށް 2-6 އިންނެވެ. އެޗްޕީއެސްއެން އަކީ ކ. ގުރައިދޫ އަށް ނިސްބަތްވާ ޓީމެކެވެ. އެޓީމުން ވަނީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކްލަސިކް ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގައި އެއިޓީފޯ އިން މޮޅު ކުޅުމެއް ދެއްކިއިރު އިމްތިސާލް އަބްދުއްރަހީމް (ޕަބް) ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ ބާކީ ތިން ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (މުޑާ) އާއި އަބްދުﷲ ސުޒައިރު އެވެ. ސުޒައިރު ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

އެޗްޕީއެސްއެންގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ އެއިޓީފޯގެ އަހުމަދު ހުސާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ޒާދު މުހައްމަދު ހާލިދު އެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ އެމްޓީސީސީ އާއި އުތީމު އެފްސީ އެވެ.

މުބާރާތުގައި އެއިޓީފޯ ކުޅޭ ދެ ވަނަ މެޗުގައި މޭ 31 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އެރޭ 10 ޖަހާއިރު އެވެ.

މިއަހަރުގެ ކިންގްސް ކަޕްގައި 12 ޓީމަކުން ވާދަކުރެ އެވެ. އެއިޓީފޯ އަށް ފުރުސަތު ލިބުނީ އޭދަފުށި ފުޓްސަލް ކަޕްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...