އީދުގެ ހަރަކާތްތައް ފެށުމަށް މިރޭ އީދު ހުޅު ރޯކުރަނީ

އޭދަފުށި ޓައިމްސްޚަބަރު

މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން، ބ. އޭދަފުށީ ވަފާ ޖަމިއްޔާގެ ފަރާތުން މިރޭ އެ ރަށުގައި އީދު ހުޅު ރޯކުރުމަށް ބޮޑެތި ތައްޔާރީތަކެއް ވާން ފަށައިފިއެވެ.

Advertisement

ވަފާ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ބޮޑު އީދުގެ ކުޅިވަރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. މި ހަރަކާތްތައް ފެށިގެންދާނީ އީދު ހުޅު ރޯކުރުމުގެ ރަސްމިއްޔާތުންނެވެ. މިކަމަށްޓަކައި އެ ޖަމިއްޔާގެ ދެކުނުން އޮންނަ ހިއްކި ބިމުގައި އީދު ހުޅު ރޯކުރުމަށް ބޭނުންވާ ފަންގަނޑުތައް އަތުރައި، ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިންމާފައެވެ.

އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި އީދު ހުޅު ޖެހުމަށް ވަފާ އިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން

މި އަހަރުގެ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކުރަމުން ވަފާ ޖަމިއްޔާއިން ބުނީ، މިފަހަރުގެ އީދު ހަރަކާތްތަކުން ފެނިގެންދާނެ އެންމެ ހާއްސަ އެއް ކަމަކީ ސަގާފީ ކުޅިވަރުތަކުގައި ޒުވާނުންގެ ބޮޑު ބައިވެރިވުމެއް ފެނިގެންދިއުމެވެ.

މިރޭ ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި އީދު ވެދުމާ ދިއުމާއި، އީދު ހުޅު ރޯކުރުމުގެ އިތުރުން ސަގާފީ ނެށުންތަކާއެކު ސްޓޭޖް ޝޯގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ފޯރިގަދަ ވާދެމުމުގެ މުބާރާތެއްވެސް މިރޭ ބޭއްވުމަށް ވަނީ ރޭވިފައެވެ.

ވަފާއިން ބުނިގޮތުގައި އީދުގެ މިރެއިން ފެށިގެން އީދު ނިމެންދެންވެސް ފޯރިގަދަ ހަރަކާތްތަކެއް އެ ޖަމިއްޔާގެ ދެކުނުން އޮންނަ ހިއްކި ސަރަހައްދުގައި ކުރިއަށް ގެންދާނެ އެވެ.

ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ހުޅުމާލޭގައި އީދު ކުޅިވަރުތައް ބާއްވަ އެވެ.

ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ވަފާ ޖަމިއްޔާއިން އޭދަފުށީގައި އީދު ކުޅިވަރުތައް ބާއްވަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...