އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް!

އޭދަފުށި ޓައިމްސްޚަބަރު

މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.

މި އޮފާތަކުގެ ތެރޭގައި ބޮޑެތި ޑޭޓާ ޕެކްތަކާއި، ވެލިއު ޝެއާ ޕެކްތަކުގެ އިތުރުން މަގޭ ޕްލޭންތަކަށް ލިބޭ ބޯނަސް ޑޭޓާ ހިމެނެ އެވެ. އުރީދޫ އިން ބުނީ މި އޮފާތައް ފަރުމާކޮށްފައި ވަނީ އީދު ބަންދުގައި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް، ހަލުވި ސްޕީޑްގައި މުނިފޫހިފިލުވުމުގެ ތަޖުރިބާ ކުރެވޭނެ ގޮތަށް ކަމަށެވެ.

އަވާލީ ޑޭޓާ ޕެކާއި ވެލިއު ޝެއާ ޕެކްތައް

އުރީދޫ އިން ތައާރަފުކުރި އޮފާތަކުގެ ތެރޭގައި ހިމެނޭ އަވާލީ ޑޭޓާ ޕެކް މެދުވެރިކޮށް އެންމެ 20 ރުފިޔާ އަށް އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ ލިބޭނެ އެވެ. މިއީ ސޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރުމަށް ބޭނުންކުރެވޭނެ ޕެކެކެވެ. މީގެ އިތުރުން، އެހެން މީހުންނާ ޑޭޓާ ހިއްސާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެލިއު ޝެއާ ޕެކް ގެ ދަށުން 300 ރުފިޔާ އަށް 10 ދުވަހަށް 100 ޖީބީ ލިބޭ ޕެކެއް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ ތެރެއިން 40 ޖީބީ އަމިއްލަ ބޭނުމަށް ލިބޭއިރު، ބާކީ 60 ޖީބީ ދެ މީހަކަށް (ކޮންމެ މީހަކަށް 30 ޖީބީ) ހިއްސާ ކުރެވޭނެ އެވެ.

އަމިއްލަ ބޭނުމަށް އެކަނި ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ވެސް ހާއްސަ ޕެކޭޖުތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ފަސް ދުވަހަށް 150 ރުފިޔާ އަށް 100 ޖީބީ ލިބޭ ޕެކަކާއި، ތިން ދުވަހަށް 100 ރުފިޔާ އަށް 100 ޖީބީ ލިބޭ ޕެކެއް ވެސް އުރީދޫ އިން ވަނީ ތައާރަފުކޮށްފަ އެވެ.

އީދު ހަދިޔާ އާއި މަގޭ ޕްލޭން ބޯނަސް

އީދު ދުވަހަށް އެކަނި ހާއްސަކޮށްގެން އުރީދޫ އިން ވަނީ ޑޭޓާ ޕެކް ހަދިޔާކޮށްގެން ހިލޭ ޑޭޓާ ލިބޭ އޮފާއެއް ވެސް ކުރިއަށް ގެންދަން ނިންމާފަ އެވެ. މި އޮފާގެ ދަށުން އެހެން މީހަކަށް ފޮނުވާ ކޮންމެ ޕެކަކަށް ހިލޭ ޑޭޓާ ލިބޭނެ އެވެ. އެގޮތުން ހަތަރު ވަނަ ޕެކް ފޮނުވުމުން ހަ ގަޑިއިރަށް 200 ޖީބީ ޑޭޓާ އާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

މީގެ އިތުރުން، އުރީދޫ ‘މަގޭ ޕްލޭން’ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވެސް މި އީދު ބަންދުގައި އިތުރު 25 ޕަސެންޓުގެ ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...