އީދު ނަމާދުގެ ބޮޑު ޖަމާއަތް ސްޓޭޑިއަމްގައި

އޭދަފުށި ޓައިމްސްޚަބަރު

މި އަހަރުގެ އަޟްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބާއްވާ ގޮތަށް ކައުންސިލުން ހަމަޖައްސައިފި އެވެ.

Advertisement

އޭދަފުށީ ކައުންސިލުން މިއަދު ނެރުނު އެންގުމެއްގައި ބުނީ މާދަމާ ފާހަގަކުރާ އީދުގައި ބޮޑު ޖަމާއަތުގައި އޭދަފުށީގައި އީދު ނަމާދުކުރުން އޮންނާނީ ފުޓްބޯޅަ ސްޓޭޑިއަމުގައި ކަމަށެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ މިރަށުގެ ތިން މިސްކިތުގައި ވެސް އީދު ނަމާދުކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ އަވަސްކޮށްފަ އެވެ. ކުރިން 7:30 ގައި ފަށާ ނަމާދު މިހާރު ކުރަނީ 7:00 ގަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...