އީދު ފާހަގަކުރަން އެންމެ ސަޅީ ބ. އަތޮޅު: ލޫކަސް

އޭދަފުށި ޓައިމްސްޚަބަރު
ކުޑަރިކުލުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

އީދު ފާހަގަކުރަން އެންމެ ފުރިހަމަ އަދި އެންމެ ހިތްގައިމު މަންޒިލަކީ ބ. އަތޮޅު ކަމަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ބުނެފި އެވެ.

Advertisement

ލޫކަސް ޖަލީލްގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވަނީ އީދު އެންމެ ސަޅީ ބ. އަތޮޅު ކަމަށާއި އީދު ފާހަގަކުރުމަށް އެހެން އަތޮޅަކަށް ދާން ވިސްނާނެ ކަމެއް ނެތް ކަމަށެވެ.

“އީދު އެންމެ ސަޅީ ބ. އަތޮޅުގަ. އެހެން އަތޮޅަކަށް ދާން ވިސްނާނެ ކަމެއް ނެތް”

ލޫކަސް މިފަހަރުގެ އީދު ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ އުފަން ރަށް ކަމަށްވާ ބ. ކުޑަރިކިލުގައެވެ.

ކުޑަރިކުލުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން

ކޮންމެ އަހަރެއްގެ ވެސް އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުން އަންނައިރު، ބ. އަތޮޅަކީ ސަގާފީ ކުޅިވަރުތަކާއި އީދުގެ އުފާވެރިކަން ކުލަގަދަކޮށް ފާހަގަކުރުމުގައި އަބަދުވެސް ކުރީސަފުގައި ގުނާލެވޭ އަތޮޅެކެވެ.

އެގޮތުން، މި އަހަރުގެ އީދަށް ވެސް މި އަތޮޅަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އަތޮޅުގެ ގިނަ ގެސްޓް ހައުސްތައް އީދަށް އޮތީ ފުލްވެފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...