އީދު ފާހަގަކުރަން އޭދަފުށީގައި މިރޭ ހަވާ އަރުވާނެ

އޭދަފުށި ޓައިމްސްޚަބަރު

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

Advertisement

ހަވާއެރުވުން އޮންނާނީ މިރޭ 22:00ގައި ބަނދަރު ސަރަހައްދު ސްޓޭޖް ސަރަހައްދުގަ އެވެ. ހަވާ އެރުވުމުގެ މި އިވެންޓަކީ އޭދަފުށީ އޭދަފުށީ އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ ކްލަބް ކޮމްބިނޭޝަން (ސީސީ) ބާއްވާ އިވެންޓެކެވެ.

ހަވާ އެރުވުމުގެ އިތުރުން މިއަހަރުގެ އީދު ފާހަގަކުރުމުގެ ގޮތުން އެ ކްލަބުން މިއަހަރު ގިނަ ހަކާތަތްކެއް ކުރިއަށް ގެންދާނެ އެވެ.

އެގޮތުން މިއަދު މެންދުރު ކަލަރ ފެސްޓިވަލެއްގެ އިތުރުން ހަވީރު ބަނދަރު ސަރަހައްދުގައި ސަގާފީ ޝޯއެއް ބާއްވާނެ އެވެ. މީގެ އިތުރުން ރޭގަނޑު ލައިވް މިއުޒިކް ޝޯ ތަކެއްވެސް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ޝޯތަކުގައި ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް “ސްކައިރޮކް” ގެ ހުށަހެޅުންތަކާއި، އެކްސްޓްރީމް ލެވެލް ގްރޫޕްގެ ފަރާތުން ހިތްގައިމު ނެށުންތަކެއް ފެންނާނެ ކަމަށް އެ ކްލަބުން ބުންޏެވެ.

ސީސީން ހަރަކާތްތަކުގެ އިރުތުން ޖަމިއްޔަތުލް ވަފާ އިން ވެސް ވަނީ  ސަގާފީ އެކި ހަރަކާތްތަކާއެކު ބޮޑު އީދު ކުޅިވަރުތައް ފޯރިއާއެކު ރޭ ފަށައިފަ އެވެ. އެގޮތުން އެ ޖަމިއްޔާއިން ބާއްވާ ފިރިހެނުންގެ ކޯޑި ކުޅުމުގެ ހަރަކާތްތައް މިއަދު ހަވީރު ދެކުނު ފަރާތު ހިއްކި ބިމުގައި ކުރިއަށްދާނެ އެވެ.

މިއާއެކު މިއަހަރުގެ ބޮޑު އީދު އޭދަފުށީގައި ފާހަގަކުރެވިގެންދާނީ ވަރަށް ފޯރިގަދަ އަދި ކުލަގަދަ އީދެއްގެ ގޮތުގައެވެ.

އީދު ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އޮންނާނެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...