ރަށްރަށުގައި އީދު ފާހަގަކުރާނެ ޕްލޭނެއް އިސްލާމިކް މިނިސްޓްރީން ހަދަނީ

އަންނަ އަހަރުން ފެށިގެން މާލެއާއި ރަށްރަށުގައި އީދު ފާހަގަކުރާނެ ގޮތުގެ ޚާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އިސްލާމިކް މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އީދުގެ އުފާވެރިކަން ފާހަގަކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
އެ ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް ބައިވެރިކޮށްގެން އީދު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިޓީތަކުގައި އީދު ފާހަގަކުރުމަށް މުހިންމު އިވެންޓްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ހެރިޓޭޖް މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މި ޕްލޭންގެ ސަބަބުން ދިވެހިންގެ ސަގާފީ އަދި ދީނީ އާދަކާދަތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށާއި، ދިވެހިންގެ ރީތީ އާދަކާދައާ ހިލާފު ކަންކަމުން ދުރުހެލިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ވެސް އިލްތިމާސްކޮށްފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...