މާދަމާ ހެނދުނު މުޅި އޭދަފުށިން ކަރަންޓް ކަނޑާލަނީ

ބ. އޭދަފުށީގެ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ފީޑަރުގެ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު މުޅި ރަށުން ކަރަންޓް ކަނޑާލުމަށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ ބްރާންޗުން ބުނެފިއެވެ.
ކަރަންޓުގެ ހިދުމަތާއެކު އެ ވަގުތުތަކުގައި ރަށުގެ ފެނުގެ ހިދުމަތްވެސް މެދުކަނޑާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކަ އޭދަފުށީ ބްރާންޗުން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ކުރުމަށްޓަކައި ކަރަންޓާއި ފެނުގެ ހިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.
މަރާމާތުގެ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކައިން ބުނީ، މަސައްކަތް ކުރިއަށްދާއިރު އިތުރު މައްސަލައެއް ކުރިމަތިނުވެ ކުރިއަށް ގެންދެވިއްޖެ ނަމަ، 2 ނުވަތަ 3 ގަޑިއިރު ތެރޭގައި އަލުން ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފެނަކައިން ބުނީ ކަރަންޓް ކެނޑޭ ވަގުތު ފެނުގެ ޚިދުމަތްވެސް ނުލިބޭނެ ކަމަށް
އޭދަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރަށުގެ ކަރަންޓް ވިއުގައަށް ދިމާވެފައިވާ ވޯލްޓޭޖް ދަށްވުމުގެ މައްސަލަ ހައްލުކުރުމަށް ހިންގި މަޝްރޫއުގެ ދަށުން، އާ ޓްރާންސްފޯމަރުތައް ބަހައްޓައި މިއަހަރުގެ ކުރީކޮޅުން ފެށިގެން ވަނީ ކަރަންޓް ދޭން ފަށާފައެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...