ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގައި އެއިޓީފޯ މިރޭ އެމްޓީސީސީއާ ދެކޮޅަށް ނުކުންނަނީ

ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކިންގްސް ކަޕްގެ ކުއާޓާ ފައިނަލުގައި އޭދަފުށީގެ އެއިޓީފޯ މިރޭ އެމްޓީސީސީއާ ދެކޮޅަށް ނުކުންނާނެ އެވެ.
ކިންގްސް ކަޕްގެ ކުއާޓާ ފައިނަލް މިރޭ ފަށާއިރު، ހަތަރު މެޗު ވެސް މިރޭ ކުޅޭނެ އެވެ.
އެއިޓީފޯ އާއި އެމްޓީސީސީ ގްރޫޕް ސްޓޭޖުގައި ވެސް ވަނީ ވާދަކޮށްފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އެމްޓީސީސީ އެވެ.
މިއަހަރުގެ މުބާރާތަށް އެންމެ ވަރުގަދަކޮށް ތައްޔާރުވި އެއް ޓީމަކީ އެމްޓީސީސީ އެވެ. އެޓީމާ މިހާރު ވަނީ ބްރެޒިލްގެ މޮޅު ފުޓްސަލް ކުޅުންތެރިއަކު ވެސް ގުޅިފަ އެވެ.
ކުއާޓާ ފައިނަލުގެ ޖާގަ އެއިޓީފޯ އިން ހޯދީ ގްރޫޕުގެ ތިން ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ގްރޫޕް ސްޓޭޖުގައި އެއިޓީފޯ އިން ކާމިޔާބުކުރީ އެޗްޕީއެސްއެންއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމްޓީސީސީ އާއި އުތީމު އެފްސީއާ ވާދަކުރި މެޗުތަކުން ބަލިވީ އެވެ.
މިއީ އެއިޓީފޯ ކިންގްސް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެޓީމަށް ކިންގްސް ކަޕުން ފުރުސަތު ލިބުނީ އޭދަފުށި ފުޓްސަލް ކަޕްގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.
އެއިޓީފޯ އާއި އެމްޓީސީސީ ވާދަކުރާ މެޗު ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 8:30 ގަ އެވެ.
އެއިޓީފޯ އިން އެދެނީ އޭދަފުށީގެ ސަޕޯޓަރުން މިރޭ ޓީމަށް ތަރުހީބު ދިނުމަށް ދަނޑަށް ދިއުމަށެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...
