ބެންކް ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

އޭދަފުށި ޓައިމްސްޚަބަރު
ބީއެމްއެލްގެ ބޭންކް ފަންޑްގެ އެހީގައި ސްކޫލެއްގައި ގާއިމްކުރި ތަނެއްގައި ޓީޗަރަކާއި ދަރިވަރަކު ހަރަކާތްތެރިވަނީ: މިއަހަރުގެ ބޭންކް ފަންޑަށް އެދި ހުށަހަޅަން ވަނީ ހުޅުވާލާފައި — ފޮޓޯ/ބީއެމްއެލް

ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ “ބޭންކް ފަންޑް” އަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހު ހަމަވާނެ އެވެ.

Advertisement

ބީއެމްއެލް އިން މި އަހަރު ބޭންކް ފަންޑަށް ހުށަހަޅަން ހުޅުވާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރު އަދި މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެ އެވެ.

އެ ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެއެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖަހަންދެނެވެ. އެފަންޑަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.

މިއީ ބެންކުން މި ފަންޑަށް ހުޅުވާލި ތިންވަނަ އަހަރެވެ. މިދިޔަ އަހަރުވެސް މި ފަންޑުން ފަސް ޖަމިއްޔާއަކަށް އެހީ ފޯރުކޮށްދިނެވެ.

މުޖުތަމައުތައް ބާރުވެރިކުރުވައި، ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...