ވޯލްޑް ކަޕްގެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ޓޭކް އަވޭ އިން ހުޅުވާލައިފި

އޭދަފުށި ޓައިމްސްކުޅިވަރު

ތިން ގައުމެއްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކުޅޭ މެޗުތަކުގެ ސްކޯ ދިމާކޮށްގެން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު މިރަށުގައި ހިންގާ މަޝްހޫރު ފިހާރަ އެއް ކަމަށްވާ ޓޭކް އަވޭ އިން ހުޅުވާލައިފި އެވެ.

ވޯލްޑް ކަޕާ ގުޅިގެން ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު އެކި ފަރާތްތަކުން ހުޅުވާލައިފައިވާއިރު “ޓޭކް އަވޭ ވޯލްޑް ކަޕް ފޯރި” މި ނަމުގައި އެ ފިހާރައިން މި ހުޅުވާލޮ ފުރުސަތުގައި ސްކޯ ދިމާކޮށްގެން އެއްވަނައަށް އަންނަ ފަރާތަކަށް ހުށަހަޅާފައިވަނީ 3,000 ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ. މީގެ އިތުރުން ސްކޯ ދިމާކޮށްގެން ދެވަނައަށް އަދި ތިންވަނައަށް އަންނަ ފަރާތަކަށްވެސް ޓޭކް އަވޭ އިން ވަނީ ހާއްސަ އިނާ،މެއް ހުށަހަޅައިފަ އެވެ. މިގޮތުން ދެވަނައަށް އަންނަ ފަރާތަކަށް  2,000  ރުފިޔާ އަދި ތިންވަނަ     އަށް އަންނަ ފަރާތަކަށް1,000   ރުފިޔާގެ ގިފްޓް ވައުޗާ އެއް ދޭ ގޮތަށް ޓޭކް އަވޭ އިން ވަނީ ނިންމައިފަ އެވެ.

ޓޭކް އަވޭ އިން ހުޅުވާލައިފައިވާ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތުގައި ބައިވެރިވެވޭނީ”ފަހުމިނެޓް” ވެބްސައިޓްގައިވާ ސްކޯ ޕްރިޑިކްޝަން ޕޯޓަލްއަށް ލޮގިން ވުމަށް ފަހު މި ފުރުސަތުގައި ބައިވެރިވުމަށް ޖަހަންޖެހޭ ހާއްސަ ކޯޑް ކަމަށްވާ SMKDLYHC  ޖެހުމަށް ފަހު އެވެ.

ކޮންމެ މެޗެއްގެ ސްކޯ ވެސް އެ މެޗުއެއް ފެށުމުގެ ކުރިން ޖަހަންޖެހޭނެ އެވެ. އަދި، މެޗުގެ ނަތީޖާ ލިބުމާއެކު އެ މެޗެއްގައި ޖެހި ސްކޯއަށް ބައިވެރިވާ ފަރާތަށް ލިބުނު ޕޮއިންޓާއި، އެމީހަކު އޮތީ ކިތައް ވަނައިގައި ކަން އެނގެން ހުންނާނެ އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގައި ޖުމްލަ 104 މެޗު ކުޅޭނެ އެވެ.   

“ޓޭކް އަވޭ ވޯލްޑް ކަޕް ފޯރި” ގައި ބައިވެރިވެ ސްކޯ ދިމާކޮށްގެން އިނާމު ހޯދުމަށް ތިރީގައި މި ލިންކަށް ފިތާލައްވާށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...