އުރީދޫ ނޭޝަން ކަޕް 2026ގެ ޗެމްޕިއަންކަން ޒަމީލަށް

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް، “އުރީދޫ ނޭޝަން ކަޕް 2026″ގެ ޗެމްޕިއަންކަން މުޙައްމަދު ޒަމީލް ޒިހުނީ ހޯދައިފި އެވެ.
މިއީ ފީފާ ވޯލްޑް ކަޕް 2026އާ ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ.
ވާދަވެރި މެޗުތަކަކަށް ފަހު، ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީ ވަނީ މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކައި އުރީދޫ ނޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މުބާރާތުގެ ރަނަރަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދިއިރު، ތިންވަނަ ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.

ވަނަވަނައަށް ދިޔަ ފަރާތްތަކަށް ދެވުނު އިނާމުތައް:
ޗެމްޕިއަން: މުޙައްމަދު ޒަމީލް ޒިހުނީ (ދެކުނު ކޮރެއާ) – 8,000 ރުފިޔާގެ ފައިސާގެ އިނާމު، މުބާރާތުގެ ތަށި، ހައިސެންސް 75 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް.
ރަނައަޕް: ޢަބްދުﷲ މާހިލް (ސައުދީ އަރަބިއްޔާ) – 5,000 ރުފިޔާގެ ފައިސާގެ އިނާމު، ތަށި އަދި ހައިސެންސް 65 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް.
ތިންވަނަ: ޒަކްވާން ޝިހާދު (އޮސްޓްރިއާ) – 2,000 ރުފިޔާގެ ފައިސާގެ އިނާމު، ތަށި އަދި ހައިސެންސް 55 އިންޗީގެ ޔޫއެޗްޑީ 4ކޭ ވިޑާ ސްމާޓް ޓީވީއެއް.
އުރީދޫ ނޭޝަން ކަޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫން އަންނަނީ ގޭމިން ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކޮށް، ފުޓްބޯޅައަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި ފާހަގަކުރުމަށް ވާދަވެރި މައިދާންތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...