ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ

ބ. އޭދަފުށީ ފަޅުތެރެއިން އުމުރުން ދުވަސްވީ ފިރިހެނަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އެ މީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހެނދުނު 8:00 ހާއިރު، ފަޅުތެރޭގައި އޮތް ފައްތިޔަލެއްގައި ލޯންޗެއް އަޅަން ދިޔަ ބަޔަކަށެވެ.
މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ސީސަންގެ، އަލީ އަބްދުﷲ، 82، އެވެ.
ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅު ގޮތުގައި އެ މީހާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
“އިތުރަށް ޔަގީން ކުރުމަށް ފުލުހުން އެ ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފުޓޭޖުތައް ބަލަމުން،” އަލީ ޝަފީގް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ އިތުރު ޓެސްޓްތައް ހެދުމަށްޓަކައި، އެ މީހާގެ ހަށިގަނޑު ރ. އަތޮޅަށް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.

(ތަފްސީލް އަންނަނީ)
ކޮމެންޓްސް (0)
ލޯޑް ކުރަނީ...