“ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް” ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން

ޓެންސެންޓްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނުން ރާއްޖޭގައި އިންތިޒާމުކުރާ “ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް” (ޕީ.އެމް.އެން.ސީ) މޯލްޑިވްސްގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން ހަމަޖައްސައިފިއެވެ.
މި މުބާރާތަކީ ކުރިއަށް އޮތް ސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއް ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މި މުބާރާތަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ “ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް” (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމުތަކުން ކުރާ ދަތުރުގެ މުހިންމު ފެށުމެކެވެ. މުބާރާތް ކުރިއަށްދާނީ މައިގަނޑު ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ޖުލައި 24 އިން 26 އަށް “އިން-ގޭމް ކޮލިފައިންގް” ކުރިއަށްދާއިރު، އޮގަސްޓް 3 އިން 7 އަށް “ނޭޝަނަލް ނޮކްއައުޓްސް” ކުރިއަށްދާނެއެވެ. މުބާރާތުގެ ފޯރިގަދަ “ލޭން ނޭޝަނަލް ފައިނަލްސް” ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 އިން 15 އަށެވެ.
މި ޕާޓްނަޝިޕާ ގުޅޭގޮތުން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވީ، “ގޭމިންގަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއް ނޫން، އެއީ ޒުވާން ހުނަރުވެރިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދޭ މުހިންމު ޕްލެޓްފޯމެއް،” ކަމަށެވެ. އަދި އޫރީދޫ ނޭޝަން މެދުވެރިކޮށް ރާއްޖޭގެ އީ-ސްޕޯޓްސް ދާއިރާ ތަރައްގީކުރުމުގައި އޫރީދޫއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއީލް އަޒްމީ އަދުނާން ވިދާޅުވީ، އޫރީދޫއަކީ ރާއްޖޭގައި ގޭމިންގްއަށް ހާއްސަ ޕްލެޓްފޯމެއް ތައާރަފުކުރި ފުރަތަމަ ބްރޭންޑް ކަމަށާއި، އެ ކުންފުންޏަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ކުޅުންތެރިން ބާރުވެރިވެ، ރާއްޖޭގައި އީ-ސްޕޯޓްސްގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވައެވެ.
އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ އޫރީދޫ ނޭޝަން މެދުވެރިކޮށް ރާއްޖޭގެ ގޭމިންގް ދާއިރާ ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ތާވަލު އޫރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖްތަކުން މިހާރު ބަލައިލެވޭނެއެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...