މާރެސް އިންވިޓޭޝަން ކަޕް: ކަމަދޫ އާއި ފުޅަފި މުހިންމު މޮޅެއް ހޯދައިފި

އޭދަފުށި ޓައިމްސްކުޅިވަރު

ބ. މާޅޮހުގައި ކުރިއަށްދާ “މާރެސް އިންވިޓޭޝަން ކަޕް ވޮލީބޯޅަ މުބާރާތް 2026” ގައި ރޭ ކުޅުނު މެޗުތަކުން ކަމަދޫ އާއި ފުޅަފި މުހިންމު މޮޅެއް ހޯދައިފިއެވެ. މި މުބާރާތަކީ ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ މުބާރާތެކެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ކަމަދޫ އާއި ސޮނެވާފުށި ބައްދަލުކުރި މެޗު، ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓު 2 ސެޓުން ކާމިޔާބުކުރީ ކަމަދޫންނެވެ. ކަމަދޫ އިން ސެޓުތައް ގެންދިޔައީ 20-25، 23-25 އަދި 10-15 އިންނެވެ. ސޮނެވާފުށިން ދެ ސެޓު ކާމިޔާބުކުރީ 20-25 އަދި 23-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ސްޓަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ކަމަދޫ ޓީމުގެ ޖާރޒީ ނަމްބަރު 5 ޢަބްދުﷲ ނިހާދުއެވެ.

ދެވަނަ މެޗުގައި ފުޅަދޫ އާއި ފުޅަފި ވާދަކުރި އިރު، މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ފުޅަފި ޓީމެވެ. މި މެޗުގެ ސެޓުތައް ފުޅަފި އިން ގެންދިޔައީ 26-28، 22-25 އަދި 19-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފުޅަފި ޓީމުގެ ޖާރޒީ ނަމްބަރު 3 އަޙްމަދު ފައިސަލް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީ ފައިނަލް މެޗުތައް ޖުލައި 26 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ ޖުލައި 28 ވާ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...