އުރީދޫން މިނިވަން ދުވަހަށް ހާއްސަ އޮފާތަކެއް!

އޭދަފުށި ޓައިމްސްޚަބަރު

ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް އިއުލާނުކޮށްފިއެވެ.

އުރީދޫން ވިދާޅުވީ، މިނިވަން-61 ޑޭޓާ ޕެކްއިން ފެށިގެން، ޑޭޓާ ޕެކް ހަދިޔާ ކުރުމާއި، މިނިވަންދުވަހު ވަކި ވަގުތެއްގައި ހިލޭ ކޯލާއި މެސެޖްއާ އެކު، މި މިނިވަންދުވަހުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށެވެ.

މިނިވަން ދުުވަހުގެ އޮފާތައް:

1. މިނިވަން 61 ޕެކް – 61 ރުފިޔާއަށް 61 ޖީބީ ޑޭޓާ

މިނިވަން ދުވަހުގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި މެދުކެނޑުމެއްނެތި އިންޓަނެޓްބޭނުންކުރުމަށް، އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ (24 ގަޑިއިރަށް) ނެގޭނެއެވެ. މި އޮފާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ. މި އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން ޖުލައި 31 އަށެވެ.

2. މިނިވަން 61 ޕެކް ގާތް ފަރާތްތަކަށް ހަދިޔާކޮށްލާ

މިނިވަންދުވަހުގެ ހަދިޔާއެެއްގެ ގޮތުގައި ގާތްފަރާތްތަކަށް މިނިވަން 61 ޕެކް – 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ (24 ގަޑިއިރަށް) ހަދިޔާކުރެވޭނެއެވެ. މި އޮފާ ކުރިޔަށްދާނީ މިއަދުން ފެށިގެން ޖުލައި 31 އަށެވެ.

3. މިނިވަން ދުވަހު އުރީދޫ ނަމްބަރުތަކަށް ހިލޭ ކޯލާއި އެސް.އެމް.އެސް

މިނިވަން ދުވަހުގެ އުފަލުގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ދިނުމުގެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް 26 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު15:00 އިން ހަވީރު 16:00 އަށް އުރީދޫ ނަންބަރުތަކަށް ހިލޭ ކޯލާއި އެސް.އެމް.އެސްކުރެވޭނެއެވެ. މިއީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހައްސަކޮށް ބައިވެރިވެވޭ އޮފާ އެކެވެ.

އުރީދޫން ވިދާޅުވީ، މިނިވަންދުވަސް ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ މުހިންމު މުނާސަބަތުތަކުގައި ހާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އުރީދޫން ވިދާޅުވިއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...