ދުނިޔޭގައި މިހާރު ހުރި އެންމެ ގިނަދުވަސްވީ ފިރިހެން މީހާއަށް 116 އަހަރު ފުރިއްޖެ

މައުލޫމާތު
ޖިރޯމޮން ކިމޫރާ: އޭނާއަށް 116 އަހަރު ފުރުނީ 19 އޭޕްރިލް 2013 ވަނަ ދުވަހު
ޖިރޯމޮން ކިމޫރާ: އޭނާއަށް 116 އަހަރު ފުރުނީ 19 އޭޕްރިލް 2013 ވަނަ ދުވަހު

 

ދުނިޔޭގައި މިވަގުތު ހުރި ޢުމުރުން އެންމެ ގިނަ ދުވަސްވީ ފިރިހެން މީހާއަށް 116 އަހަރު ފުރިއްޖެ އެެވެ.

19 އޭޕްރިލް 1897 ގައި އުފަން ވެފައިވާ ޖިރޯމޮންް ކިމޫރާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ޢުމުރުން ގިނަދުވަސްވީ އަދި ތަފާތު ތިން ގަރުނެއް ފެނިފައިވާ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި ފިރިހެން މީހާއެވެ.

ގިނެސް ވޯލްޑް ރެކޯޑުން ވަނީ ކިމޫރާއަކީ ދުނިޔޭގައި ހުރި އެންމެ ޢުމުރުން ގިނަދުވަސްވީ މީހާގެ ރެކޯޑް ދީފައެވެ.

ކިމޫރާ ދިރިއުޅެމުން ދަނީ ޖަޕާނުގެ ކިޔޯޓެންގޯ ސިޓީގައި އޭނާގެ ކާފަދަރިއެއްގެ ހުވަފަތް އަންނެހުންގެ އެހީތެރިކަމުގައެވެ. ކިމޫރާގެ ސާދަ ކާފަ ދަރިން ތިބޭ އިރު، އެތައް ބައިވަރި މުނިކާފަ ދަރިން ތިބެއެވެ.

ކިމޫރާގެ އުފަންދުވަހުގެ މުނާސަބަތުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އޭނާއަށް ތަހުނިޔާ ފޮނުވާފަ އެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...