ދޫންޏެއްގެ ބިހެއް އެމެރިކާގެ ބްރިޖް މަޝްރޫއަކަށް ހުރަހަކަށް ވެއްޖެ

މައުލޫމާތު

annas humingbird

އެމެރިކާގެ ސެން ފްރެންސިސްކޯގައި ހުރި ބްރިޖެއްގެ މަރާމާތުގެ ބޮޑު މަޝްރޫއެއްގެ ހުރަހަކަށް، ދޫންޏެއްގެ ބިހެއް ވެއްޖެއެވެ.

ހިޖުރަ ކުރާ ދޫނި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރި ކުރެވިފައިވާ “އެނާސް ހަމިންބާޑު” ބާވަތުގެ މި ދޫނި ބިސް އަޅާފައިވާ ގަހުގެ ސަބަބުން މަޝްރޫއު ދިގުދެމިގެންދާނެ ކަމަށް، އޮފިޝަލުން އަންގާރަ ދުވަހު ވިދާޅުވިއެވެ.

ސަބަބަކީ އެ ގާނޫނު ބުނާ ގޮތުން ގަހަށް ބަދަލެއް ގެނެވޭނީ ނޫނީ ގަސް ކަނޑާލެވޭނީ އެ ބިހުން ތުއްތު ދޫނި ވިހައި ބޮޑުވެ ގަސް ދޫކޮށްފައި ދިއުމުން ކަމަށް ވާތީ އެވެ.

ސަރުކާރުގެ ތަރުޖަމާނު ރޭންޑީ ރެންޝްލާ ވިދާޅުވީ މިކަން މިހެން ވަންދެން ދެން އޮތް ހަމައެކަނި ގޮތަކީ ބްރިޖްގެ އެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

މިއީ 70 މިލިއަން ޑޮލަރު (1.07 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމިންބާޑު ބިސް އަޅާފައިވަނީ މި މަޝްރޫއުގައި ކަނޑާލައި 24 ގަހުގެ ތެރެއިން ގަހަކަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...