ސްނޯ ތޫފާނުގައި ހާލުގައި ޖެހުނު ރައްޔިތަކު ނިއު ޔޯކް ގަވަރުނަރު ސަލާމަތް ކޮށްދެއްވައިފި

މައުލޫމާތު
ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ
ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ

ބުރާސްފަތި ދުވަހު އެމެރިކާގެ ނިއު ޔޯކަށް އައި ސްނޯ ތޫފާނުގައި ހާލުގައި ޖެހުނު ރައްޔިތަކު، ގަވަރުނަރު އެންޑްރޫ ކުއޯމޯ ސަލާމަތް ކޮށްދެއްވައިފިއެވެ.

ހަވީރު ތިނެއް ޖަހާ ކަންހާއިރު ކުއޯމޯގެ މޮޓޯކޭޑް ދަތުރު ކުރަމުން ދަނިކޮށް ފެނުނީ ބޯ ސްނޯގަނޑު ތެރޭގައި އެ މީހާގެ ކާރު ތާށިވެފައި އޮއްވައެވެ.

ދެން ކުއޯމޯގެ ސެކިއުރިޓީ އޮފިޝަލުން ކަފު ޖަހައިދީ، ސްނޯގެ ތެރެއިން އެ ކާރު ނެރުނީއެވެ.

ކުއޯމޯގެ މި އެހީ އޭނާގެ ޗީފް އޮފް ސްޓާފު މެލިސާ ޑިރޯސާ ވަނީ ޓްވީޓް ކުރައްވައިފައެވެ.

ބުރާސްފަތި ދުވަހު ނިއު ޔޯކަށް ފޭބި ސްނޯ ފޫޓެއްހާ އުހަށް ތަންތަނުގައި ހުއްޓެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...