ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ކުޅިވަރު
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުކުރު ދުވަހު ހަވީރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތި ތެރޭގައި ބޭއްވި ސްޓޭޖް ހަރަކާތެއް.–ނިޔަމި ފޮޓޯ

މި އަހަރުގެ ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުކުރު ދުވަހު ހަވީރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތި ތެރޭގައި ބޭއްވި މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ތަފާތު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، ބަހިއްޔާ ޕްރީ ސްކޫލު ކުދިންނާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ސްޓޭޖް ހަރަކާތްތައް ވެސް އޮތެވެ.

މީގެ އިތުރުން މި ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު އެ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމު ކޮށްގެން ބޭއްވި ކެންޓީނެއް ވެސް ކުރިއަށް ދިޔަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މި ހަވީރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...