ދިރާގުން ސެމްސަންގްގެ އެންމެފަހުގެ ފޯން ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

ވިޔަފާރި
ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް
ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް

ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް، ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ފޯނު ގަތުމުގެ ފުރުސަތު ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ފަރާތްތަކަށް ހަމަސް ދުވަހު ހިލޭ ޑޭޓާ ލިބޭނެ އެވެ. ނަމަވެސް، އެ ކުންފުނިން ފޯނު ވިއްކާގެ އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއް ލިބެން ހުންނާނެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑެވެ. ސެމްސަންގް ގެލެކްސީ އެސް8+ ލިބެން ހުންނަ ކުލަތަކަކީ މިޑަނައިޓް ބްލެކް، މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިންނެވެ.

ސެމްސަންގް ގެލެކްސީ އެސް8 އަދި އެސް8+ ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ދިރާގު ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...