މައިކަލް ކްލާކް އާއިލާއާއެކު ބ. އަތޮޅުގައި

މުނިފޫހި
މައިކަލް ކްލާކް އޭނާގެ ދަރިފުޅާއެކު ރާއްޖޭގައި–ފޮޓޯ އިންސްޓަގްރާމް

އޮސްޓްރޭލިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ މައިކަލް އޭނާގެ އާއިލާ އާއެކު ޗުއްޓީ ހޭދަކޮށްލުމަށް ބ. އަތޮޅު އަމިއްލަފުށީ ރިސޯޓަށް އަތުވެއްޖެ އެވެ.

މައިކަލް ވަނީ އޭނާގެ އާއިލާއާއެކު އަމިއްލަފުށީ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

މައިކަލް ކްލާކް އޭނާގެ އަންހެނުންނާއެކު ރާއްޖޭގައި–ފޮޓޯ އިންސްޓަގްރާމް

އޭގެ ތެރޭގައި އޭނާގެ ދަރިފުޅާއެކު މޫދުގައި އުޅޭ މަންޒަރު ނަގާފައިވާ ފޮޓޯ އަކާއި އޭނާގެ އަންހެނުން، އޮސްޓްރޭލިއާގެ ކުރީގެ މޮޑެލް ކޭލީ ކްލާކް އާއެކު ނަގާފައިވާ ފޮޓޯއެއްވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު މީހުން ޗުއްޓީ ހޭދަކުރުމަށްޓަކާ ބ.އަތޮޅުގެ ރިސޯޓްތަަކަށް އައުން އާއްމުވެފަިއވާއިރު، ބޮލީވުޑްގެ މަޝްހޫރު ބަތަލު ސަލްމާން ހާން ވެސް މިދިޔަ މާޗުމަހު އާއިލާ އާއެކު އަމިއްލަ ފުށި ރިސޯޓަށް އައިސްފައިވެ އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...