އޭދަފުށިން ދީނީ ތިން ސުވާލު (3)

މައުލޫމާތު

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

  • ކައިރި ރަށަކަށް ޕިކްނިކް ގޮސް އުޅޭނިއިރު ނަމާދު ޖަމްޢުކޮށް ގަސްރުކުރުން ހުއްދަ ވާނެތޯ؟
    ޖަވާބު: ގަސްރު ކުރެވޭނީ ދަތުރުގެ ދިގުމިނުގައި 81 ކިލޯމީޓަރު ހަމަވާނަމަ.

 

  • އިސްލާމު ދީނުގައި ހިއްސާގަނެ ވިއްކައިގެން ފައިދާ ހޯދުމުގެ ހުކުމަކީ ކޮބައިތޯ؟
    ޖަވާބު: ހަލާލު ވިޔަފާރިތަކުގައި ހިއްސާ ގަތުން ހުއްދަ

 

  • ޅަ ފަތުގައި ކުޑަކުދިންނަށް މިދޭ ވެކްސިން އާއި ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ދީނުގަިއ ހުއްދަ ކަމެއްތޯ؟
    ޖަވާބު: އެދެވިގެންވާ ކަމެއް

 

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...