އޭދަފުށިން ދީނީ ތިން ސުވާލު (17)

މައުލޫމާތު

މިބައިގައި މިރޯދަމަހު ކޮންމެ ދުވަހަކުވެސް ކިޔުންތެރިން ފޮނުވާ ސުވާލުތަކުގެ ތެރެއިން ހޮވާލެވޭ ތިން ސުވާލާއި އޭގެ ޖަވާބު ޝާއިއު ކުރެވޭނެ އެވެ. މި ސުވާލުތަކަށް ޖަވާބުދެއްވާނީ އިސްލާމިކް ފިގުހުން މެލޭޝިޔާގައި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބްދުއްލަޠީފް އެވެ. އިޔާޒަކީ އާންމުންނަށް ދީނީ މައުލޫމާތު މުޅިން ތަފާތު ގޮތަކަށް ފަތުރުއްވާ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތެވެ.

1. ތަރާވީޙު ނަމާދުގެ ދެ ރަކުއަތް ދޭތެރޭ ތަސްބީހަ ބާރަށް ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: ބިދުއަ އެއް

2. ތަންތަނުގެ އަހަރީދުވަސް ފާހަގަ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު: އެހެން ދީންތަކުގެ މީހުންނާ އެއްގޮތް ނުވާނަމަ މައްސަލައެއް ނެތް

3. އަޑުހަރުކޮށް ކިޔަވާ ނަމާދުތައް އެކަނިހުރެ ކުރާއިރު ފުރަތަމަ ދެ ރަކުއަތުގައި އަލްހަމްދާއި ސޫރަތް މަޑުން ކިޔަވައިފިނަމަ، ނަމާދު ސައްހަވާނެތޯ؟
ޖ. ސައްހަވާނެ. ކޮންމެހެން އެކަނި ކުރާއިރު ބާރަށް ކިޔަވާކަށް ނުޖެހޭ.

ދީނީ ސުވާލެއް އޮތްނަމަ މި ނޫހަށް ކޮމެންޓް ކޮށްގެން ސުވާލު ފޮނުވިދާނެ އެވެ. ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...