ޝައިޚް ޖައުފަރު ފާއިޒު ޚާއްސަ ދަރުސެއް މިރޭ އޭދަފުށީގައި

މައުލޫމާތު
2012 ވަނަ އަހަރު ޓީބީއިން އިންތިޒާމުކޮށްގެން ބޭއްވި ދީނީ ދަރުސް
2012 ވަނަ އަހަރު ޓީބީއިން އިންތިޒާމުކޮށްގެން ބޭއްވި ދީނީ ދަރުސް

ބ. އޭދަފުށީ ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ބާއްވާ ޝައިހް ޖައުފަރު ފާއިޒުގެ ހާއްސަ ދަރުސެއް މިރޭ އޭދަފުށީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ދަ ބިގިނާސް އިން ބުނިގޮތުގައި މިރޭ އިޝާ ނަމާދަށްފަހު ބާއްވާ ދަރުސް އޮންނާނީ އޭދަފުށީ މަސްޖިދިލް ސުލްތާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތުގައި) އެވެ.

މިއީ އެ ކްލަބުން އިންތިޒާމުކޮށްގެން އޭދަފުށީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ސިލްސިލާކޮށް ބާއްވަމުންދާ ދަރުސްތަކުގެ ތެރެއިން ބާއްވާ ދެ ވަނަ ދަރުސް އެވެ. މިދިޔަ އަހަރު އެ ޖަމިއްޔާއިންވަނީ ސެއިޚް އިލްޔާސްގެ ޚާއްސަ ދަރުސެއްވެސް ބާއްވައިފަ އެވެ.

ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަބަޔަކު ހާޒިރުވުމަށްވެސް އެ ޖަމިއްޔާއިން އެދެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...