ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ގުރު ނަގައިފި

ކުޅިވަރު
މިރޭ ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކޮންމެ އަހަރެއްގެެވެސް އަޞްހާ އީދު ބަންދާ ދިމާކޮށް އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މިރޭ ބާއްވައިފިއެވެ.

މަލްޓި ޕާޕަސް ބިލްޑިންގްގައި ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމީޔާތުގައި މުބާރާތުގައި ބައިވެރިވި 7 ޓީމުން ވެސް ވަނީ ބައިވެރިވެފައެެވެ. މި މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 2 ގްރޫޕް އަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ގްރޫޕް އޭ އަށް ގޮސްފައިވާ ޓީމްތަކަކީ އެމް.އޭ ޔުނައިޓެޑް، ޔުނައިޓެޑް ވީ ، އެންޖޯއި ފްރެންޑްސް އަދި ސައިނޯސާ އެފްސީ އެވެ.

މިރޭ ކުރިޔަށް ގެންދިޔަ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގްރޫޕް ބީ ގައި ހިމެނުނު ޓީމްތަކަކީ ހުސްސޮގުން ، ވެލާ ސިޓީ އަދި މި މުބާރާތުގައި އަލަށް ވާދަކުރާ ޑައުންޓައުން އެފްސީއެވެ.

މި މުބާރާތް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ މިދިޔަ އަހަަރުގެ ޗެންޕިއަން ޓީމަކީ އެމް.އޭ ޔުނައިޓެޑް ޓީމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...