ބެހިގެންދިޔަ ދެ އެތް ލަންކާ ކޯސްޓްގާޑުން ސަލާމަތްކޮށްފި

މައުލޫމާތު


ބެހިގެންދިޔަ ޅަ ދެ އެތް ޝްރީ ލަންކާގެ ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

ވަރަށް ބުރަ މަސައްކަތުން މި ދެ އެތް ސަލާމަތްކޮށްފައިވަނީ އައްސޭރިފަށާ އެއް ކިލޯމީޓަރު ދުރުންނެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި މި ދެ އެތް ބެހިގެންދިޔަ ކަމަށް ބެލެވެނީ ތިލަ ފަޅުތަކެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް ލަންކާގެ ކޯސްޓްގާޑުން ވަނީ ބެހިގެން ދިޔަ އެތެއް ފަސް މޭލު ދުރުން ސަލާމަތްކޮށްދީފައެވެ.

މި ފަހަރު ސަލާމަތްކުރެވުނު ދެ އެތް މިހާރު ވަނީ ޖަންގައްޔަށް ދޫކޮށްލައިފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...