ވިހެއުމުގެ ކުރިން ބެލީ އެހެން މީހަކު ވިއްސޭތޯ

މައުލޫމާތު


ވިހަންވެގެން ހޮސްޕިޓަލުގައި އެޑްމިޓު ވެފައިވާ އެމެރިކާގެ ޑޮކްޓަރަކު، އޭނާ ވިހެއުމުގެ ކުރިން އެހެން މީހަކު ވިއްސައިދީފިއެވެ.

ޑރ. އާމަންޑާ ހެސް ވިދާޅުވީ އާދީއްތަ ދުވަހު އޭނާ ވިހަން ދިޔައިރު، ފްރެންކްފޯޓް ރީޖަނަލް މެޑިކަލް ސެންޓާގައި ލިއާ ހެލިޑޭ ޖޯންސަން ނަމަކަށް ކިޔާ އަންހެނަކު ވެސް ވިހަން ތައްޔާރުވެފައިވާ ކަމަށެވެ.

“އޭނާގެ ހާލު މާ ސީރިއަސްކަން އަހަރެންނަށް އެނގޭ. އެހެންވެ އަހަރެން ފުރަތަމަ ބެލީ އޭނާ ވިއްސޭތޯ،” ޑރ. ހެސް “ޕީޕަލް” މަޖައްލާއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމިއްލައަށް ވިހެއުމަށް ވުރެ އެހެން މީހުން ވިއްސަން އޭނާ މާ ކުޅަދާނަ ކަމަށެވެ.

ދެ މައިންނާއި ދެ މައިންނަށް ލިބުނު ދެ ދަރިންގެ ހާލު ރަނގަޅު ކަމަށް ވެއެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...