ދަރަނި އަދާ ނުކުރަންވެގެން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށްފި

މައުލޫމާތު

ދަރަނި އަދާ ނުކުރަންވެގެން ޕްލާސްޓިކް ސާޖަރީ ހަދައިގެން ސިފަ ބަދަލުކޮށް ފިލައިގެން އުޅުނު އަންހެނަކު ޗައިނާގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 59 އަހަރުގެ، ޒޫ ނަޖުއާން ނަމަކަށް ކިޔާ އަންހެން މީހާގެ ސިފަ ހުރީ އުމުރުން ތިރީހަކަށް އަހަރުގެ މީހެއްގެ ގޮތަށާއި، އޭނާގެ ކުރީގެ ފޮޓޯތަކާއި ވަރަށް ތަފާތު ކަމަށެވެ.

ޒޫ މި ގޮތަށް އަމަލު ކުރީ 3.71 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ)ގެ ދަރަންޏެއް އަދާ ކުރުމަށް ކޯޓަކުން އޭނާގެ މައްޗަށް އަމުރު ކުރުމާ ގުޅިގެންނެވެ.

އޭނާ ފިލައިގެން ދިޔައީ ޗައިނާގެ އިރުދެކުނު ސަހަރެއް ކަމަށްވާ ޝެންޒެން އަށެވެ.

ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން ބުނި ގޮތުގައި ވުހާން ސަހަރުން ވެސް ވަނީ މި އަހަރުގެ ތެރޭގައި ދަރަނި އަދާ ނުކުރާ 186 މީހުން ހައްޔަރު ކޮށްފައި ކަމަށެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...