100ރުފިޔާ އާއި 500ރުފިޔާގެ ވަގު ނޫޓާމެދު ސަމާލުވުމަށް އަންގައިފި

މައުލޫމާތު
ދިވެހިރާއްޖޭގެ ފަސްސަތޭކަ އަދި ސަތޭކަ ރުފިޔާ
ދިވެހިރާއްޖޭގެ ފަސްސަތޭކަ އަދި ސަތޭކަ ރުފިޔާ

 

 

 

 

 

 

 

 

 

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފަސްސަތޭކަ ރުފިޔާ އާއި ސަތޭކަ ރުފިޔާގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިފި އެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވަގު ނޫޓުތައް ޗާޕު ކޮއްފައިވަނީ ވަރަށް ކޮލިޓީ ދަށް ކަރުދާހެއްގައި ކަމަށާއި ޕްރިންޓް ކޮލިޓީވެސް ވަރަށް ދަށް ވާނެ ކަމުގައެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސަތޭކަ ރުފިޔާ އާއި ފަސްސަތޭކަ ރުފިޔާގެ ނޫޓު ނެގުމުގައި ބޭންކުން އަންނަނީ ވަރަށް ބޮޑަށް ސްކްރީން ކުރަމުން ނެވެ. ވަގު ނޫޓެއް ކަމަށް ޝައްކު ކުރެވޭ ނަމަ މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ގެންގޮސް އެކަން ޔަގީން ކުރުމަށްވެސް އެމްއެމްއޭ އިން އިލްތިމާސް ކުރެއެވެ.

 

ކޮމެންޓްސް (0)

ލޯޑް ކުރަނީ...