“ނޭދެން ވަކިވާކަށް” ބުދަ ދުވަހުގެ ރޭ އޭދަފުށީގައި އަޅުވަނީ

މުނިފޫހި

މިދިޔަ ބުދަ ދުވަހުގެރޭ އޮލިމްޕަހުގައި ޕްރިމިއާކުރި “ނޭދެން ވަކިވާކަށް” އޭދަފުށިގައި އަޅުވަން ނިންމައިފި އެވެ.

ފިލްމު އޭދަފުށީގައި އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި “ނޭދެން ވަކިވާކަށް” އަންނަ ބުދަދުވަހުގ ރޭ އެޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާ ކަމަށެވެ.

ފިލްމުގެ ޓިކެޓް ވިއްކާނީ -/100ރ އަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.

މުހައްމަދު އަބޫބަކުރު (މާއެބޫ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. މީގައި ލީޑް ރޯލް ކުޅެފައި ވަނީ ފިލްމަކުން އަލަށް ފެންނަ ފެޝަން ޑިޒައިނަރު/ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް (ޖާދު) އާއި ފާތުމަތު އާޒިފާ (އަޒޫ) ގެ އިތުރުން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

https://www.facebook.com/neydhenvakivaahah/videos/1391908180922367/

ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ) އަދި އާރިފާ އިބްރާހީމް ފަދަ އެކްޓަރުން ފެނިގެން ދާނެ އެވެ.

ޓީބީން އެންމެ ފަހުން އޭދަފުށީގައި ދައްކާފައި ވަނީ ރެޑް ޕްރޮޑަކްޝަންގެ “ހައްދު” އެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...