އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ކޯޓް ސަރަހައްދު ލެވެލްކޮށް ވޮލީ ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ރިޕޯޓް
ބ. އޭދަފުށީ ޒުވާނުންގެ މަރުކަޒު.–ނިޔަމި ފައިލް ފޮޓޯ

ބ. އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ކޯޓް ސަރަހައްދު ލެވެލްކޮށް ވޮލީ ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭ ނިންމުމަށް 272167ރ. އަށް ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސް.އެމް.އެސް އިންވެސްޓްމަންޓާ އެވެ.

މި މަސައްކަތަކީ ޕަބްލިކް ސެކްޓާރ އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށް ދާ މަސައްކަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...