ކުޑައަލީ ހުސައިން ނިޔާވެއްޖެ

މައުލޫމާތު
ހުސައިން އަލީ

ބ. އޭދަފުށީ ގާދޫ ހުސެއިން އަލީ އާއްމުނަމުންނަމަ ކުޑައަލީ ހުސޭނު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

ހުސޭން އަލީ، ނިޔާވީ ބަލިވެއުޅޭތާ ގިނަދުވަސްތަކެއް ވުމަށްފަހު ހާލު ބޮޑުވެގެން މިއަދު ފަތިހު ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރު ކޮޅެއްގެ ތެރޭގައެވެ.

ހުސޭނު އަލީއަކީ އުމުރުގެ ބޮޑުބައި ހޭދަކުރައްވާފައިވާ އާއިލާގެ ވިޔަފާރިއާ ކަނޑު އުޅަނދުތައް ދުއްވުމުގައެވެ.

އުމުރުން 81، އަހަރުގައި ހުސައިން އަލީ ނިޔާވިއިރު އަނބިކަބަލަކާއި ހަ ދަރިންގެ އިތުރުން ހަ ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.

މަރްހޫމްގެ ކަށުނަމާދު ކުރުން އޮތީ މިއަދުގެ ހުކުރު ނަމާދަށްފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. މި ކަށުނަމާދުގައި ވީހާ ގިނަބަޔަކު ބައިވެރިވެދެއްވުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.


މަރުހޫމް ހުސައިން އަލީގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...