ބ. އަތޮޅު ތައުލީމީ މަރުކަށް 40 އަހަރު

ފޮޓޯ ގެލެރީ

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ކޮމިޔުނިޓީ ސްކޫލަށް މިއަދު މިވަނީ 40 އަހަރު ފުރިފަ އެވެ. ބ. ކޮމިޔުނިޓީ ސްކޫލްގެ ނަމުގައި މި ސްކޫލް ހުޅުވީ 24 ފެބްރުއަރީ 1978 ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. ހުޅުވުނު އިރު ތިބީ 58 ދަރިވަރުންނާއިއެކު ކިޔެވުން ފެށިއިރު ތިބީ އެންމެ 3 މުދައްރިސުންނާއި ހެޑްމާސްޓަރެކެވެ. ހަމައެކަނި ގްރޭޑް 1 އާ ހަމައަށް ކިޔަވައިދޭންފެށި މި ސްކޫލްގައި މިހާރު ފައުންޑޭޝަނުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެވެއެވެ.

މިއީ، 40 އަހަރުގެ އެސްކޫލުގެ ތާރީޚީ ބައެއް ފޮޓޯތަކެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...