ކަރީނާ އާއި ސައިފްގެ ޗުއްޓީ ސޮނެވާފުށީގައި

މުނިފޫހި

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރް މިހާރު ހުރީ ޗުއްޓީއެއްގައި ސޮނެވާފުށީ ރިސޯޓްގަ އެވެ.

އާއިލީ ކުޑަ ޗުއްޓީއަކަށް މި ދެ ތަރިން، ދަރިފުޅު ތައިމޫރްއާ އެކު ރާއްޖެ އައީ ރޭގަ އެވެ.

މި ދަތުރުގައި ސައިފްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ހާނާއި ސައިފްގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާނާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ކުނާމް ކޭމޫ ވެސް ރާއްޖެ އަ އެވެ.

މިއީ ކަރީނާ ދަރިފުޅު ވިހޭ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ 2015 ގަ އެވެ.

ރާއްޖެއަށް އައުމަށްފަހު ކަރީނާ އާއި ސައިފް ދަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ޢާންމުކުރަމުންނެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...