ހިސާނުގެ ކެމްޕޭނަށް ނަޝީދު ތުޅާދޫގައި

ފޮޓޯ ގެލެރީ

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިން ކުރެއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބ. ތުޅާދޫއަށް ވަޑައިގަތުން.

މި ދަތުރުފުޅުގައި ރޭ ތުޅާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަތީ ތައުލީމު ހާސިލް ކުރަން ދާ ކުއްޖާއަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމައްޓަކައި ކިޔަވަން ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް މުއްދަތު އިތުރުކުރުމުގެ އިތުރުން ވަޒީފާ ނުލިބި ދަފްތަރުގައި ތިބޭ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ އިތުރުން މަސްވެރިކަން ކުރާ ފަރާތްތަކަށް އެމަހަށް ވާ ހަމަ އަގު އެޖެންޑާ 19 އިން ހޯދައިދޭނެ ކަމަށް. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެޖެންޑާ 19 އާއި އެކު އެ މަޖިލިސް ވެގެންދާނީ ވަގުން ހިފާ، ނަޒާހަތްތެރި، ފައިސާއަށް ނުވިކޭ މަޖިލީހަކަށް ކަމަށާއި އެހެންކަމުން މަޖިލީހުގެ އައުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވި—ފޮޓޯތައް: ހިސާން ހުސައިން ފޭސްބުކް ޕޭޖް

ކޮމެންޓްސް (0)

ލޯޑް ކުރަނީ...