މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ ޖޯން އެބްރަހަމް ކައިވެނި ކޮށްފި

ދެ ފަރާތުގެ ޢާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ކުރިމަތީގައި ޖޯން އެބްރަހަމް އާއި ޕްރިޔާ ރުންޗަލް ކައިވެނި ކުރީ އެމެރިކާގަ އެވެ.
ކައިވެނި ކުރުމަށް ޗުއްޓީ ނަގައިގެން އެމެރިކާގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ޢުމުރުން 41 އަހަރުގެ ޖޯން އަބްރަހަމްވެސް ވަނީ ކައިވެނި ކުރިކަން ޓްވީޓަރ މެދުކޮށް ޔަގީން ކޮށްދީފައެވެ.
އެމެރިކާގައި ކައިވެނި ކުރުމަށް ޖޯން ގަސްދު ކުރީ ޕްރިޔާގެ ޢާއިލާ ދިރިއުޅެނީ އެމެރިކާގައި ކަމަށް ވާތީ އެވެ.
މަޝްހޫރު އެކްޓްރެސް ބިޕާޝާ ބާސޫ އާ ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނު ޖޯން އަބްރަހަމް އާ ޕްރިޔާ ބައްދަލުވީ 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މުމްބާއީ އިންނެވެ.
ޖޯންގެ ކައިވެނީގެ އުފަލުގައި ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ޖޯން އާއި އޭނާގެ އަލަތު އަނބިމީހާ ޕްރިޔާއަށް މަރުޙަބާގެ މެސެޖުތައް ފޮނުވަމުން ނެވެ.
ކޮމެންޓްސް (0)
ލޯޑް ކުރަނީ...